Last Updated: July 7, 23:24
Tuesday, July 7, 2026
ޚަބަރު

މެޑަމް ނަސްރީނާ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް، މައުމޫންގެ އޮފީހުން ބުނެފި އެވެ.

މައުމޫނުގެ އޮފީހުން ބުނީ މެޑަމް ނަސްރީނާ އިންފެކަޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަނާގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ އޮފީހުން ބުނެ އެވެ.

މެޑަމް ނަސްރީނާ އަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި އަޅާލުން ފާހަކުރައްވާ، އާއިލާގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ހެޔޮއެދޭ ފަރާތްތަކުންނައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮދުއާ އާއި މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާ ކަމަށާއި އެކަމަށްޓަކާ އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.