ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ހިންގަމުން އަންނަ "އޯތެންޓިކް މޯލްޑިވްސް" ގެ އައުޓްލެޓެއް ފުވައްމުލަކުގައި ވެސް ހުޅުވައިފި އެވެ.
މި މަހުގެ 6 ގައި އެތަން ހުޅުވީ "އޯތެންޓިކް ފުވައްމުލައް" ގެ ނަމުގަ އެވެ. އެތަން ހުޅުއްވައި ދެއްވީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގެވެ. އައުލެޓް ހުޅުއްވައި ދެއްވުމަށް ފަހު އޭނަ ވަނީ ތަނުގައި ވިއްކަން ހުރި އުފެއްދުންތައް ވެސް ބައްލަވާލައިފަ އެވެ.
"އޯތެންޓިކް ފުވައްމުލައް" އިން އެ ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އަމިއްލަ ތަފާތު ދިވެހި އުފެއްދުން ގަންނަން ލިބޭނެ އެވެ.
"އޯތެންޓިކް މޯލްޑިވްސް" އަކީ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގެ އިނިޝިއޭޓިވެކެވެ.
މާލެ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި ވެސް އެތަނުގެ އައުޓްލެޓްތަކެއް ހުޅުވާފައޗެ އެވެ. އޭގެ ތެރޭގައި އައްޑޫ ގަން އެއާޕޯޓާއި އއ. ތޮއްޑޫ ހިމެނެ އެވެ.
"އޯތެންޓިކް މޯލްޑިވްސް" ގެ އައުޓްލެޓެއް އަވައްޓެރި ސްރީ ލަންކާ ހުޅުވަން ވެސް މިދިޔަ އަހަރުގެ ތެރޭގައި ބީސީސީން މިދިޔަ އަހަރުގެ ކުރީކޮޅު ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ މަޝްވަރާކޮށްފައިވެ އެވެ.