ގައުމުގެ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ގައުމީ އަމާނާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ގައުމީ ތަރިކައިގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހިވަންތަ ރީތި އާދަކާދަތަކާއި ދިވެހި މަސައްކަތްތެރިކަމާއި އާސާރީ ތަންތަނާއި ތަކެއްޗާއި މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ.
އެހެންވެ އެ ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް ކަމަށް ވިދާޅުވި އެވެ.
"[އަދި މިއީ] ދިވެހި ގައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް." ރައީސް ވިދާޅުވި އެވެ.