Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ބީއެމްއެލްގެ ވައު ކިޑްސް ރަން ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު މިއަދު ބާއްވައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި މި ދުވުމުގައި 1،000 އަށް ވުރެ ގިނަ ކުޑަކުދިން ބައިވެރިވެފައިވެ އެވެ.

މި އަހަރުގެ ރޭހުގައި ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާފައިވަނީ އެއް ކިލޯމީޓަރަށެވެ. އަދި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވާފައިވަނީ ދެ ކިލޯ މީޓަރަށެވެ. ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ދުވާފައިވަނީ ތިން ކިލޯމީޓަރަށެވެ.

ބީއެމްއެލް "ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބޭއްވި ދުވުމެކެވެ. މިއީ މި ދުވުން ބޭއްވި 10 ވަނަ އަހަރެވެ. މި ދުވުން އެންމެ ފުރަތަމަ ފަހަރު ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ.