Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކާ މީހަކު ހައްޔަރަށް

ގަވައިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރި ކުރާ ބިދޭސީއަކު ހުޅުމާލެ އިން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝް އަށް އުފަން އެމްޑީ ސައްދާމް ހުސެއިން 32، އެވެ.

އެގޮތުން ހުޅުމާލެ ފޭސް އެކެއް، ކެންނެލި ޖެޓީ ކައިރީ ތުހުމަތު ކުރެވުނު އެމީހާ ފުރަތަމަ ފެނުނީ ރަށު ތެރެ ޕެޓްރޯލް ކުރުމުގައި އުޅުނު ފުލުހުންނަށް ކަމަށާއި އެހެންވެ، އޭނާ ހުއްޓުވައި ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އަދި އެމީހާ އާއި އެމީހާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ސިނގެރޭޓް ފޮއްޓާއި ދުންފަތާއި ސިނގެރޭޓް ފިލްޓަރު އަދި ރިޒްލާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި 53،000ރ. އަށް ވުރެ ގިނަ ރުފިޔާ އާއި ސިނގިރޭޓު އަނބުރަން ބޭނުން ކުރާ ފޮށި ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.