Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ސައްހަ ވިސާ ނެތް ބިދޭސީންތަކެއް އަތުލައިގެންފި

ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ މާފަންނުގައި ބިދޭސީއަކު އިސްވެ ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭއަކަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނެކެެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.