Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ރަޝިއާ އަށް ބިންހެލުމެއް، ރާއްޖެ އަށް ނުރައްކަލެއް ނެތް

ރަޝިއާ ސަރަހައްދަށް މިއަދު އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ

ރަޝިއާގެ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަށް ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 7.2 ބާރުމިނުގަ އެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 7:37 ގަ އެވެ. މި ބިން ހެލުން އައިސްފައި ވަނީ ރާއްޖޭގެ ވެރިރަށް މާލެއާ 9،421 ކިލޯމީޓަރު ދުރަށެވެ.

އެހެންވެ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނެތް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.