Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އަލުން ބީލަމަށް

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްްގީކޮށް ހިންގާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

މިކަމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ އެރަށު ފަޅުން ބައެއް ހިއްކައިގެން ކަމަށެވެ. އެގޮތުން ރިސޯޓް ތަރައްގީ ކުރުމަށް 10 ހެކްޓަރުގެ ރަށެއް ހިއްކާނެ އެވެ.

މި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މި މަހުގެ 24 އާއި އަންނަ މަހުގެ 21 ވަނަ ދުވަހު އޮންލައިންކޮށް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީ ކުރުމުގެ ފުރުސަތު ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް އޮންނާނެ އެވެ. މިއީ މަދުވެގެން 100 އެނދުގެ ރިސޯޓެކެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.