Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

'ޗާލު ދިވެހިރާއްޖެ އެވޯޑް' އަށް މުއްދަތު އިތުރުކޮށްފި

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ތައާރަފުކޮށްފައިވާ "ޗާލު ދިވެހިރާއްޖެ އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެވޯޑަށް ކުރިމަތިލާން ކުރިން ހުޅުވައިލީ މި މަހުގެ 10 އާ ހަމައަށެވެ. ނަމަވެސް އެ މުއްދަތު މިހާރު 20 އާ ހަމައަށް ވަނީ އިތުރިކޮށްފަ އެވެ.

"ޗާލު ދިވެހިރާއްޖެ އެވޯޑް" ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއި ބައިވެރިވުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ދިވެހިންގެ މުއްސަނދި އާދަކާދަ އާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ދަނެގަނެ، އެ މަސައްކަތްތައް ގައުމީ ފެންވަރުގައި އަގުވަޒަން ކުރުމަށް ހާއްސަކުރި އެވޯޑެކެވެ

"ޗާލު ދިވެހިރާއްޖެ އެވޯޑް" ދޭނީ 7 ދާއިރާއަކުން:

* އެންމެ ރީތި ގޮނޑުދޮށް
* އެންމެ އެކުވެރި މުޖުތަމަޢު
* ދެމެހެއްޓެނިވި ތަރައްގީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
* ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
* ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް
* އެންމެ ހިތްގައިމު ރަށު މަންޒިލް
* އަހަރުގެ އެންމެ ޗާލު ރަށް

މި އެވޯޑަށް ކުރިމަތިލެވޭނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. ކުރިމަތިލާނީ މި ލިންކު psm.mv/chaalu_award މެދުވެރިކޮށެވެ.