އިންޑިއާގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރް ސޮއިކޮށްފައިވާ ޕީރިއަޑް ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ ޝްރަދާގެ ކެރިއަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ މިދިޔަ އަހަރުގެ "އިސްތިރީ 2" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ. އޭނަ އަކީ މި އަހަރުގެ މިހާތަނަށް ރިލީޒްވި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ "ޗާލާ" ގެ ޑައިރެކްޓަރެވެ.
ޕިންލްވިލާ އިން ބުނި ގޮތުގައި ޝްރަދާ ހިމަނައިގެން ލަކްޝަން ހަދަން ތައްޔާރީތައްވަމުން އަންނަ ފިލްމަކީ ނެރެފައިވާ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެކަމަކު އެއީ ކޮން ވާހަކައެއްކަން އަދި ކަށަވަރު ނުވާ އިރު، ފިލްމުގެ ވަގުތީ ނަމަކަށް ހަމަޖައްސާފައި ވަނީ "އައިޓީއޭ" އެވެ.
މީގައި ޝްރަދާ ކުޅޭނީ ކްލަސިކަލް ނެށުންތެރިއެއްގެ ރޯލު ކަމަށާއި ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނަ މިހާރު ކްލަސިކަލް ނެށުންތަކަށް ޓްރެއިނިން ވެސް ފަށާފައިވާ ކަމަށް ޕިިންކްވިލާ އިން ބުންޏެވެ. އަދި ފިލްމަށް ބޭނުންވާ އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ "ޕީޓީއައި" ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.