Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

ސައިކަލެއް ވަގަށް ނެގި ހިތަދޫ މީހަކު ޖަލަށް

ހުޅުމާލެ އިން ސައިކަލެއް ވަގަށް ނެގި އައްޑޫ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހިޔާ ފްލެޓް، ޓަވަރު 11 އިން ސައިކަލެއް ވަގަށް ނެގި މައްސަލައިގައި އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއުހެ މައްޗަށެވެ. އޭނަ ސައިކަލް ވަގަށް ނެގޫ އީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ މައްސަލައިގައި ދައުލަތުން ޝަފީއުގެ މައްޗަށް އުފުލީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެނަ ވަގަށް ނެގި ސައިކަލު ފެނުނ، ގެއްލުނުތާ ތިން ދުވަސް ފަހުން މާލެއިންނެވެ.

ޝަފީއުގެ މައްޗަށް މިދިޔަ ހަފުތާގައި އިއްވީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.