Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

'ހިޔާލާއި ފިކުރު ކަފުނަށް' ފޯރަމް މިރޭ

މީޑިއާ ކޮންޓްރޯލް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލާ މެދު ހިޔާލާއި ކަންބޮޑުވުންތައް ފާޅުކުރުމުގެ ގޮތުން 'ހިޔާލާއި ފިކުރު ކަފުނަށް' ނަމުގައި މިރޭ މާލޭގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

އާޓިފިޝަލް ބީޗްގައި ބާއްވާ މި ފޯރަމް އިންތިޒާމު ކުރަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންންނެވެ. އިއުލާންކޮށްފި އެވެ. ފޯރަމް ފަށާނީ މިރޭ 8:45 ގަ އެވެ.

އެމްޖޭއޭ އިން ބުނީ ފޯރަމް ކުރިއަށްދާނީ 'އޯޕަން މައިކް' އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅު ކުރެވޭ ގޮތަށް ކަމަށާއި މީޑިއާ ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ދެއްވާނެ ކަމަށެވެ.

މީޑިއާ ބިލް ބޭރުކޮށްލަން ރާއްޖޭގެ ގިނަ މީޑިއަތަކުން އަންނަނީ ގޮވައިލަމުންނެވެ.