އިސްލާމިކް މިނިސްޓްރީ އަށ ޕަބްލިކް ރިލޭޝަން މެނޭޖަރެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ކޮންޓްރެކްޓް އުސޫލުގެ އެއް އަހަރޔގެ މުއްދަތަށް އިއުލާންކޮށްފައިވާ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ އަދަދު 10އަށް ވުރެ އިތުރުވާ ނަމަ ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 މީހުން ކަމަށެވެ. އަދި މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ މި މަހުގެ 23-30 އާ ދެމެދު އެވެ.
ޕީއާރް މެނޭޖަރުގެ މުސާރަ އަކީ މަހަކު 12،500ރ. އެވެ. އަދި ސާވިސް އެލަވަންސަށް 7،000ރ، އާއި ޕެންޝަން ފައިސާގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ވެސް ލިބޭނެ އެވެ.