ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހިމްގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް އަތުވެއްޖެ ކަމަށެވެ.
ނަސްރީނާ އިންފެކަޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އޮންނެވީ އެޑްމިޓްކޮށްފަ އެވެ.
ނަސްރީނާ އަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދެއްކެވި އޯގާތެރިކަމާއި އަޅާލުން ފާހަކުރައްވާ، އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މީގެއިތުރުން ހެޔޮއެދޭ ފަރާތްތަކުންނައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮދުއާ އާއި މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާ ކަމަށާއި އެކަމަށްޓަކާ އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.