Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަންނަން ތަމްރީނެއް ފަށައިފި

ފުލުހުންގެ އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަންނަން ތަމްރީނެއް ފަށައިފި އެވެ.

ފުލުހުން ބުނީ، އޮޕަރޭޝަނަލް ރެޑިނެސް ބެލުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގެ ފައިނަލް އެކްސަސައިޒް، މިއަދު 13:00 އިން 18:00 އަށް ކުރިއަށްދާނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ދަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކަމަށެވެ.

ފުލުހުން މިފަދަ ތަމްރީނެއް ކުރިއަށްގެންދާއިރު، ޝަރީއަތް ހިނގަމުންދާ މައްސަލައެއްގަައި ހެކިންނަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި އޮޕަރޭޝަނެއް ހިންގާފަ އެވެ.

އެ އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.