މަތީ ސާނަވީގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ޖުމްލަ 3،200 ދަވަރިންނާ އެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފެށި އިރު، އަލަށް އިތުރު އިތުރު 13 ސްކޫލެއްގައި އޭ ލެވެލް އަސް ކިޔަވައި ދޭން ފަށާފައިވެއެވެ. އެހެންވެ މިހާރު މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތަކުގެ އަދަދު ވަނީ 66 އަށް އަރައި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުީ މި އަހަރު އޯ ލެވެލް ނިންމި ކުދިންގެ 49 ޕަސެންޓް ކުދިން މަތީ އޭ ލެވެލް އަށް ކިޔަވާ ކަމަށެވެ. މިދިޔަ އަހަރު އެ ނިސްބަތް އުޅުނީ 33 ޕަސެންޓްގަ އެވެ.
މިދިޔަ އަހަރު 6،700 ދަރިވަރުން އޯ ލެވެލް ނިންމި އިރު،އޭގެ ތެރެއިން އޭ އެ ލެވެލް އަށް ކިޔަވަން ފެށީ 2،100 ދަރިވަރުންނެވެ. މި އަހަރު 6،500 ދަރިވަރުން އޯ ލެވެލް ނިންމި އެވެ.