Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ވާ މަދުކުރުމުގެ ޕްރޮގްރާމް ފަށައިފި

އައްޑޫގައި ވާ މަދު ކުރަން ކުރިއަށް ގެންދަން ނިންމި ޕްރޮގްރާް މިއަދު ފަށައިފި އެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ގުޅިގެން ފެށި ޕްރޮގްރާމެކެވެ.

މިއަދު ފެށި ޕްރޮގްރާމްގެ ދަށުން އައްޑޫގެ އަވަށްތަކުން ވާ މަދުކުރުމުގެ މަސައްކަތް އަންނަ މަހުގެ 5 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަަމަޖެހިފައިވެ އެވެ.

ސިފައިން މިއަދު އަންނަނީ ފޭދޫގައި ވާ މެރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އަވަށުގައި މި މަހުގެ 16 އާ ހަމައަށް މިކަން ކުރިއަށް ގެންދާނެ އެވެ.

މަރަދޫފޭދޫގައި ވާ މެރުން 17 އާއި 18 ގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މަރަދޫގައި ކުރިއަށް ދާނީ މި މަހުގެ 23-25 އަށެވެ. އަދި ހިތަދޫގައި ކުރިއަށް ގެންދާނީ މި މަހުގެ 25 އާއި 28 އަދި 29 ގަ އެވެ. މީގެ އިތުރުން ހުޅުމީދޫގައި މާ މެރުން ކުރިއަށް ގެންދާނީ މި މަހުގެ 30 އާއި އަންނަ މަހުގެ 1 އާއި 2 އަދި 5 ގަ އެވެ.

ވާ މަރަނީ ބަޑި ޖަހައިގެންނެވެ.

މީގެ ކުރިން ވެސް އައްޑޫގައި ވާލުގެ އުނދަގޫތައް ބޮޑުވެގެން ވާ މަދުކުރުމުގެ މަސައްކަތް ސިފައިން ކޮށްފައިވެ އެވެ.