މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ އިރު، އެންމެ ގިނައިން ކްލިއަކޮށްފައި ބިސް ކަމަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެ ކުންފުނިން އާންމުކުރި އެންމެ ފަހު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 31 އިން ފެށިގެން މި މަހުގެ 6 އާ ހަމައަށް 11،730 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވެ އެވެ.
ދެން އެންމެ ގިނައިން ކްލިއާކޮށްފައިވާ މުދާތަކަށް ބަލާ އިރި 7،160 ޕެކޭޖުގެ ފިޔާ، 5،721 ޕެކޭޖުގެ ކަރާ، 4،559 ޕެކޭޖުގެ އަލުވި، 3،636 ޕެކޭޖުގެ ޓޮމާޓޯ އަދި 2،640 ޕެކޭޖުގެ އަލަނާސިވެސް ކްލިއާކޮށްފައިވެ އެވެ. މީގެ އިތުރުން 2،743 ޕެކޭޖުގެ ކެބެޖާއި، 1،835 ޕެކޭޖުގެ ދޮންކޭލާއި، 1،017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވީޓް މެލަން ވެސް ކްލިއާކޮށްފައިވެ އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައޮ ދެ ކޮންޓެއިނަރު އުޅަނދާއި ހަތަރު ޖެނެރަލް ކާގޯ އުޅަނދު ހޭންޑަލްކޮށްފައިވެ އެވެ. އެގޮތުން އެ އުޅަނދުތަކުން 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ކްލިއަކޮށްފައިވެ އެވެ.