Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

ރަސްމީ ރިޒާވްގައި މިހާރު 810 މިލިއަން ޑޮލަރު

މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 810 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 774.5 މިލިޔަން ޑޮލަރެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 810.05 މިލިޔަން ޑޮލަރެވެ. އެހެންވެ މިއީ ޖުލައި މަހާ އަޅާ ބަލާ އިރު 4.5 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި 117.22 މިލިޔަން ޑޮލަރު މިދިޔަ މަހުގެ ނިޔަލަށް ހުރި ކަމަށް ވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރަސްމީ ރިޒާވް އިތުރުވި ނަމަވެސްކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު މިދިޔަ މަހުގެ ނިޔަލަށް ހުރީ 738.63 މިލިއަން ޑޮލަރުގައެވެ. ޖުލައިގައި އެ އަދަދު އުޅުނީ 688.24 މިލިއަންގަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 188.64 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 11.5 ޕަސެންޠްގެ ދަށްވުމެކެވެ. ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 213.22 މިލިޔަން ޑޮލަރެވެ.