Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ސްޓޫޑެންޓް ލޯނަށް ހޭދަކުރި އަދަދު ބިލިއަނަކަށް

މަތީ ތައުލީމަށް މި އަހަރުގެ މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 2024 އަހަރުން ފެށިގެން މި މަހުގެ 11 ގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.06 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެގޮތުން މި ސްކީމްގެ ދަށުން މި އަހަރު 365.27 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 560 ފިރިހދެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުންނެވެ.

މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްސްގެ ގޮތުގައި 368 މިލިއަން ރުފިޔާ އާއި ފަސްޓް ޑިގްރީ ސްކީމްގެ ދަށުން 267 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.