Last Updated: June 7, 13:43
Sunday, June 7, 2026
ޚަބަރު

މި މަހު އައި ޓޫރިސްޓުން 62،000 އިން މަތީގައި

މި މަހުގެ ތެރޭގައި އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 62،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، އިއްޔެއާ ހަމައަށް ޖުމްލަ 62،027 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 18.7 އިތުރުވުމެކެވެ.

ރާއްޖެ އިން މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، އަހަރުގެ މިހާތަނަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ ޓާގެޓަށް ވާސިލުވާން ދެން ބޭނުން ވަނީ 700،000 ޓޫރިސްޓުންނެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން އިއްޔެގެ ނިޔަލަށް 245،553 ޓޫރިސްޓުން އައިސްފައިވެ އެވެ. ލިސްޓްގައި ދެން ހިމެނެނީ ރަޝިއާ (186،263 ޓޫރިސްޓުން)، އިނގިރޭސިވިލާތް (138،869 ޓޫރިސްޓުން)، އިޓަލީ (108،837 ޓޫރިސްޓުން) އަދި ޖަރުމަން (106،919 ޓޫރިސްޓުން) އެވެ.

ރާއްޖެ އަށް މިދިޔަ އަހަރު ޒިޔާރަތްކުރީ 2.2 މިލިއަން ޓޫރިސްޓުންނެވެ.