މި މަހުގެ ކުރީކޮޅު ޝޫޓިން ނިންމައިލި ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ބެލުންތެރިންނަށް ގެނެސްދިނުން އަވަސްކޮށްފި އެވެެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ދޫކޮށްލަން ކުރިން ނިންމާފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީގަ 13 އެވެ. ނަމަވެސް އެ ސްޓޫޑިއޯ އިން މިއަދު ބުނީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ރިލީޒްކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ގައި ކަމަށެވެ.
މިކަން ފިލްމުގެ ތަރިން ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ދަރުމާގެ ފިލްމަކުން ކާތިކް ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އަނަންޔާއާ އެކު އޭނަ ކުޅުނު ދެވަނަ ފިލްމެވެ. މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޒުވާން ބަތަލާ އާއި ކާތިކް އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ޕަތީ، ޕަތުނީ އޯރް ވޯ" އެެވެ.
އެ އަހަރަކީ ދަރުމާގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބޮލީވުޑަށް ނުކުތް އަހަރު ވެސް މެ އެވެ.
"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ގެނެސްދިން ޑައިރެކްޓަރު ސަމީރު ވިދްވަންސްގެ ފިލްމެކެވެ.