Last Updated: July 7, 18:18
Tuesday, July 7, 2026
ޚަބަރު

ޖަރުމަނުގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

ޖަރުމަނުވިލާތުގެ މިއުނިކްގައި މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި ޒުވަނާ ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ، ބ.ތުޅާދޫ ބީޗް ހައުސް، އިބްރާހިމް ފަޔާޒް އެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި މިއުނިކްގެ ހޮސްޕިޓަލެއްގަ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ފައްޔާޒުގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފައްޔާޒަކީ ރާއްޖޭގައި އުފެދުނު އެންމެފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ.