އިނގިރޭސިވިލާތުގެ ބޮކްސިން ލެޖެންޑް ރިކީ ހެޓަން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 46 އަހަރުގައި އޭނަ މަރުވި އިރު އުމުރަކީ 46 އަހަރެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިކީ މަރުވިކަން އެނގުނީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އޭނަ އުޅޭ ސަރަހައްދުން ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ރިކީގެ ގެއަށް ގޮސް ބެލިބެލުމުންނެވެ. އޭރު ވެސް އޭނަ އޮތީ މަރުވެފައި ކަމަށް ފުލުހުންގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވި އެވެ.
Today we lost not only one of Britain’s greatest boxers, but a friend, a mentor, a warrior, Ricky Hatton.
As fighters, we tell ourselves we’re strong — we train, we sweat, we take hits, we get up. But sometimes the hardest fight happens in silence, in the mind. Mental health… pic.twitter.com/JwSaYJe6XE
— Amir Khan (@amirkingkhan) September 14, 2025
އޭނަ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ރިކީގެ މަރުގައި ޝައްކުވާ ޒާތުގެ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.
ބޮކްސިންގައި ވަރަށް ކާމިޔާބު 15 އަހަރު ހޭދަކުރި ރިކީގެ މަރާ ގުޅިގެން އެ ކުޅިވަރުގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
RIP Ricky Hatton. What a guy. And what a fighter. Incredibly sad news.
— Michael Owen (@themichaelowen) September 14, 2025
ބައެއް މީޑިއާތަކުން ބުނީ ރިކީ މަރުވީ، ޑިސެމްބަރު މަހުގެ ތެރޭގައި ބޮކްސިން ރިންގަށް އަލުން އެނބުރި އަންނަން ތައްޔާރީތަކެއް ވެސް ވަމުން ދަނިކޮށް ކަމަށެވެ.