Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ސްކޭމްތަކާ ގުޅިގެން ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނު އަތުލައިގެންފި

މާފުށި ޖަލު / ފޮޓޯ: ދަ ޕްރެސް

ސްކޭމްތަކާއި ދެކޮޅަށް މާފުށި ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި އެެވެ.

ފުލުހުން ބުނީ އެ އިދާރާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 11 ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.