Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރަން ފަށައިފި

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަން ފަށައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅީފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައް ވެސް ވެރިފަރާތާ ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 1260 ފަރާތަށް މިހާތަނަށް ވަނީ ރަޖިސްޓްރީ ދޫކޮށްފަ އެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.