Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިރޭ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މަޖީދީމަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ފަތިހު 5:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މަރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.