Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ނިލަންދޫން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭ 22:15 ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު ގެއިން ނުކުތް ގޮތަށް ކުއްޖާގެ ހަބަރެއް ވެފައި ނުވާ ކަމަަށް އާއިލާއިން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.