ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރަން ފުލުހުންގެ އިސްވެރިންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ފުލުހުންގެ އިދާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ ޢަލީއާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ރަޝީދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ބައިވެރިވި އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒް އަމްޖަދު މުސްޠަފާއާއި، ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ ޙުސައިންއާއި އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެފައިވެ އެވެ.