ފ. ނިލަންދޫން ގެއްލުނު 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
އެ ރަށުން ކުއްޖަކު ގެއްލިގެން އުޅޭކަން ފުލުހަށް ރިޕޯޓުކުރީ ރޭ 10:15 ހާއިރެވެ. ފުލުހުން މިއަދު އެ ރިޕޯޓާ ގުޅިގެން ކުއްޖާ ހޯދަން ފެށިތާ ހަތަރު ގަޑިއެއްހާ އިރު ފަހުން ކުއްޖާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކުއްޖާ ފެނުނީ މެންދަމު 2:40 ހާއިރު ވަލު ނިލަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ސަރަހައްދުން ކައެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ނުވުމާ ގުޅިގެންނެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކޮށްފައިވެ އެވެ