ނެޓްފްްލިކްސްގެ މަގުބޫލު ސީރީޒް "ދަ ވިޗާ" ގެ ހަތަރު ވަނަ ސީޒަންގެ އާ ޓީޒާއެއް ދައްކާލައި، ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
ކުރީގެ ތިން ސީޒަންގައި މަޝްހޫރު އެކްޓަރު ހެންރީ ކެވިލް ކުޅުނު ޖެރާލްޓްގެ ރޯލުން އާ ސީޒަންގައި ފެންނާނީ ލިއަމް ހެމްސްވޯތެވެ. "ވިޗާ" ދޫކޮށްލަން ނިންމިކަން ހެންރީ އިއުލާންކުރީ 2022 ގަ އެވެ.
"ވިޗާ 4" ޕްރީމިއާކު ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 30 ގަ އެވެ. މި ސީޒަންގައި ޖުމްލަ 8 އެޕިސޯޑް ހިމެނޭނެ އެވެ.
ފެންޓަސީ ޑްރާމާއެއްގެ ގޮތުގައި "ވިޗާ" ގެނެސްދޭން ފެށީ 2019 ގަ އެވެ. މީގެ ފުރަތަމަ ސީޒަން 8 އެޕިސޯޑާ އެކު ގެނެސްދިނީ އެ އަހަރުގެ ޑިސެމްބަރު 20 ގަ އެވެ. ދެވަނަ ސީޒަންގައި ވެސް 6 އެޕިސޯޑް އެކުލެވޭ އިރު، އެ ގެނެސްދިނީ ޑިސެމްބަރު 17، 2021 ގަ އެވެ.
ތިން ވަނަ ސީޒަންގެ 8 އެޕިސޯޑް ގެނެސްދިނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން 5 އެޕިސޯޑް ގެނެސްދިނީ ޖޫން 29، 2023 ގަ އެވެ. އަދި އަނެއް ތިން އެޕިސޯޑް ގެނެސްދިނީ އެ އަހަރުގެ ޖުލައި 27 ގަ އެވެ.