Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މެންބަރުން ޓައީގައި ވަޑައިގެންނެވުމަށް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ރަސްމީކޮށް ވަޑައިގަންނަވާ އިރު، ޓައީ އަޅުއްވައިގެން ވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

އޭނަ އެކަމަށް އެދިވަޑައިގަތީގެ ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާއަށް މަޖިލީހުގެ ބައެއް މެންބަރުން ޓައީ ނާޅުއްވާ ވަޑައިގަތުމާ ގުޅިުގެންނެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކަކީކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަސްމީ މަސައްކަތުގެ ގަޑި ކަމަށެވެ.

"އެ ގަޑީގައި އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ ރަސްމީ ހެދުންކޮޅުގައި،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ ރަސްމީ ހެދުން އަޅުގަނޑުމެން މި މާނަ ކުރަނީ ޓައީއާ އެކީގައިވީމަ."

އެހެންވެ މެންބަރުން ޖަލްސާތަލަށް ވަޑައިގަންނަވާ އިރު، ވަޑައިނުގަތުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާތް ކަރާމާތް ހިފެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ މެންބަރުންގެ މައްޗަށް އޮތް ލާޒިމު ކަމެއް." އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު ބާއްވާ ޖަލްސާ އަކީ މިހާރު ޗުއްޓީގައި އޮތް މަޖިލިސް ދައުރުން ބޭރުން ބާއްވާ ތިން ވަނަ ޖަލްސާ އެވެ.