Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ކާބޯތަކެތި ވިއްކާ ތަންތަނުގެ އިންސްޕެކްޝަނެއް ފަށަނީ

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ އިންސްޕެކްޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެ އިންސްޕެކްޝަން ކުރިއަށް ގެންދާނީ މި މަހުގެ 21-31 ގެ ނިޔަލަށް ކަމަށެވެ.

މި އިންސްޕެކްޝަންގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކޮށް އެފަދަ ތަންތަނުގެ މައުލޫމާތު އާންމު ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ

މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ އެމްއެފްޑީއޭ އާއި މާލެ ސިޓީ ކައުންސިލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.