ވަރޫން ދަވަނާއި ޖާންވީ ކަޕޫރްގެ އާ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ރޮމޭންޓިކް ތުރިލާ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފާއި މަނީޝް ޕޯލް އާއި އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.
"ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަކީ ވަރޫން އާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިންގެ ފުރަޔަމަ ފިލްމަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީ 2023 ގެ "ބަވާލް" އެވެ.
ޝިޝާންކްގެ އާ ފިލްމަކީ އޭނަ ޖާންވީ ބޮލީވުޑަށް ނެރެން 2018 ގައި ގެނެސްދިން "ދަޅަކް" އަށް ފަހު ޒުވާން ބަތަލާއާ އެކު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
ދެހާސް ސާދައިގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި 2017 ގެ "ބަދުރީނާތު ކީ ދުލްހަނިޔާ" ވެސް ގެނެސްދިން ޝިޝާންކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ގައި ވިކީ ކޯޝަލާއި ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕިޑްނޭކަރާ އެކު ގެނެސްދިން "ގޯވިންދާ ނާމް މޭރާ" އެވެ.