Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ވަގުފް ފަންޑުން ހިރަލަންދޫ ސްކޫލަށް ލެޕްޓޮޕްތަކެއް

އިސްލާމިކް މިނިސްޓްރީގެވަޤުފް ދަންޑުން ތ. ހިރިލަންދޫ ސްކޫލްގެ ކޮމްޕިއުޓަ ލެބަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ އިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މުޙައްމަދު ސާލިފް ނަސީރެވެ. ހިރިލަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ސޮއިކުރެއްވި އިރު ހިރިލަންދޫ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫނެވެ.

މިނިސްޓްރީން ބުނީ ލެޕްޓޮޕުތައް ހަދިޔާކޮށް ދޭން އެދުނީ ހިރިލަންދޫ ކައުންސިލުން ކަމަށެވެ.

ލެޕްޓޮޕުތައް ހަދިޔާކުރުމުގެ މަޤުސަދަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގުފަހިކޮށް ދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.