Last Updated: June 6, 11:37
Saturday, June 6, 2026
ޚަބަރު

ނޭޕާލްގެ އާ ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

ނޭޕާލްގެ އާ ބޮޑުވަޒީރަކަށް ސުޝިލާ ކާރްކީ އައްޔަންކުރުމާ ގުޅިގެން، އެކަމަނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

އެ މަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ސުޝިލާ އަކީ ނޭޕާލްގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރި އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އެ ކަމަނާގެ ވެރިކަމުގައި ހާސި ލުކުރައްވަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީ އަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ އާ ބޮޑުވަޒީރަށް ކާމިޔާބީ އާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ސުޝިލާ ނޭޕާލްގެ ބޮޑުވަޒީރު ކަމަށް އައްޔަންކުރީ ގައުމުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތެކެއް ފަށައި ގައުމުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވުމުން ބޮޑުވަޒީރަކަށް ހުންނެވި ކޭޕީ ޝަރުމާ އޮލީ މި މަހުގެ 9 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.