Last Updated: June 7, 13:43
Sunday, June 7, 2026
ޚަބަރު

މޫނު ބުރުގާ އަޅައިގެން ވަޒީފާތަކަށް ނުކުމެވޭނެ

ސަރުކާރުގެ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ގަވާއިދަށް ގެނެސްފައިވާ އައު އިސްލާހުގައިވާ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެން ވާނީ އެކަށީގެންވާ ހެދުމެއްގައިކަން ބަޔާންކޮށްފައިވެ އެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުން ކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި
ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަށް ކަމަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެކަމާ ހެދި މޫނު ބުރުގާ އަޅައިގެން ޚިދުމަތްކުރުމުގެ ފުރުޞަތު އޮތީ ގެއްލިފަ އެވެ.

ނަމަވެސް މިހާރު ގެނައި އިސްލާހާއެކު މޫނު ބުރުގާ އަޅައިގެން، ދޭ ޚިދުތަމަކީ ކާކުކަން އެނގެން ޖެހޭ ފަދަ ޚިދުމަތެއް ނަމަ، ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރެވި ދާނެ އެވެ.