Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

މިއޮތީ ކާޖޮލް އާއި ޓްވިންކަލްގެ ޝޯގެ ޓްރެއިލާ

ކާޖޮލް އާއި ޓްވިންކަލް ކަންނާ ހޯސްޓްކުރާ ޓޯކް ޝޯ "ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓްވިންކަލް" އިިން މެހުމާނުންގެ ގޮތުގައި ފެންނާނެ ބައެއް ތަރިން ހިމަނައިގެން މީގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޓްރެއިލާ އިން ފެންނަ ތަރިންގެ ތެރޭގައި އާމިރު ޚާނާއި ސަލްމާން ޚާނާއި ވިކީ ކޯޝަލާއި އާލިއާ ބަޓާއި ކްރިތީ ސެނަން އާއި ވަރޫން ދަވަނާއި ޖާންވީ ކަޕޫރާއި ގޯވިންދާ އާއި ޗަންކީ ޕާންޑޭ އަދި ކަރަން ޖޯހަރް ހިމެނެ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ "ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓްވިންކަލް" ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގަ އެވެ.

މީގެ ހޯސްޓުންގެ ތެރެއިން ކާޖޮލް އަކީ އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުންނެވެ. ޓްވިންކަލް އަކީ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.