ޑިމޮކްރަސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ހިޔާލުތަފާތުވުން އޮތް ނަމަވެސް ގައުމީ ކަންކަމުގައި ގައުމުގެ މަސްލަހަތު އިސްކުރައްވައި ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރެއްވުމަކީ ރާއްޖެ މި ކުރަމުންދާ ޑިމޮކްރަސީގެ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.
ޚިޔާލު ތަފާތުވުމަކީ ކަންކަން ކާމިޔާބުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި ނަމަވެސް އެ ޚިޔާލު ތަފާތުވުމަކީ ދިވެހިން ބަލައިގަނެގެން ތިބި ޑިމޮކްރަސީއާ ދިމާ ދުރަށް ދެވޭ ދެވުމަކަށް ވެގެން ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ހަމަ އެގޮތަށް ޑިމޮކްރަސީއަކީ ހިތަށް އެރިހާ ވާހަކައެއް ދެއްކުމެއް ނޫން. ހިތަށް އެރިހާ ކަމެއް ކުރުމެއްވެސް ނޫން. ހިތަށް އެރިހާ އެއްޗެއް ލިއުމެއް ވެސް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ގަބޫލުކޮށް، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޑިމޮކްރަސީއަށް ކުރާ ދަތުރު ކާމިޔާބުކަމާއެކީ ފުރިހަމަ މަންޒިލަށް ވާސިލްވުމަށް މަސައްކަތްކޮށްދިނުމަށް މެންބަރުންގެ އަރިހުން އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ.