Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ސްޕޯޓްސް އާބިޓްރޭޝަން ސެމިނާ އަށް ހުޅުވާލައިފި

އަންނަ މަހު އަބޫ ދާބީގައި ބާއްވަން ހަމަޖެހިފައިވާ ސްޕޯޓްސް އާބިޓްރޭޝަން ރީޖަނަލް ސެމިނާގައި ބައިވެރިވާން ރާއްޖެ އަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އޯސީއޭ) އިން ފުރުސަތު ދީފައިވާތީ ރާއްޖެ އިން އެ ސެމިނާގައި ބައިވެރިވާން ޝައުގުވެރިވާ ވަކީލުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ބުނީ ރާއްޖެ އިން ހަތަރު މީހަކަށް ސެމިނާގައި ބައިވެރިވާން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެހެންވެ ސެމިނާގައި ބައިވެރިވާ ޝައުގުވެރިޔާ ވަކީލުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ވަކީލުން ވާން ޖެހޭނީ 10 އަހަރުގެ ތަޖުރިބާ ހުރި އަދި ބާ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ވަކީލުންނަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމައަށެވެ. އެޕްލިކޭޝަންތައް ފޮނުވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ ސެމިނާ އަށް ދާ މީހުންގެ ދަތުރު ހަރަދު ހަމަޖައްސަން ޖެހެނީ އަމިއްލަ އަށް ކަމަށެވެ. ނަމަވެސް ސެމިނާ އިންތިޒާމު ކުރާ ފަރާތުން އެކޮމޮޑޭޝަން ހަމަޖައްސައި ދޭނެ ކަމަށެވެ.

ސްޕޯޓްސް އާބިޓްރޭޝަން ރީޖަނަލް ސެމިނާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 އާއި 12 ގަ އެވެ.