ރާއްޖޭގެ ބައެެއް ރަށްތަކަށް މުސްހަފް ހަދިޔާ ކުރަން އިސްލާމިކް މިނިސްޓްރީން އަމިއްލަ ޖަމިއްޔާއަކާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީން އިއްޔެ މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އުންމީދު ޖަމިއްޔާއާ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލެވެ.
އުންމީދު ޖަމިއްޔާ މެދުވެރިކޮށް ރާއްޖޭގެ 7 ރަށަކާއި ސިޓީއަކަށް މުސްޙަފް ހަދިޔާކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ހއ ހޯރަފުށި، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ، ނ. ހެނބަދޫ، ބ. މާޅޮސް، އއ. ތޮއްޑޫ، ގއ. ކަނޑުހުޅުދޫ އަދި އައްޑޫގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާ ކުރާނެ އެވެ.
އިސްލާމިކް މިނިސްތްރީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް މުސްޙަފް ހަދިޔާ ކުރަމުންނެވެ.