Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ކުޅުދުއްފުށީ ޕޯޓްގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަނީ

ކުޅުދުއްފުށީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މި އެެއްބަސްވުން އިއްޔެ ހެދީ އެލިއާ އިންވެސްޓްމަންޓާ އެކު އެވެ.

އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާނެވެ. އެލިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެއްބަސްވުމުގެ ދަށުން ހަ މަސްދުވަހުގެ ތެރޭގައި ޔަމަހާ ސާވިސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށަން ޖެހެ އެވެ. އެމްޕީއެލުން ބުނީ ކުޅުދުއްފުށީ ޕޯޓްގައި ޔަމަހާ ސާވިސް ސެންޓަރެއް ގާއިމު ކުރުމުން އެތަނުން ޔަމަހާގެ އިންޖީނުތަކަށް އައުޓްބޯޑް ޚިދުމަތްތައް ދޭނެ ކަމަށެެވެ.