Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ޑްރަގާ އެކު ހުޅުމާލެ އިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ އައްޑޫ، ހިތަދޫ، ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޒިމް، 29، އާއި މާލެ، މއ. އަރާހަނދު، ނާއިމް ޢަބްދުއްރަޝީދު، 18، އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ފޭސް 1 ގެ ފުލުހުން އިއްޔެ ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި އެ ދެ މީހުން ދިޔަ އިރު އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ދިއުމުން ފަހަތުން ގޮސް ސަހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށެވެ.

ނާޒިޝް އާއި ނާއިމް ހައްޔަރުކޮސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ވެސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.