އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އިމްރާން ހާޝިމީ އާއި ޔާމީ ގޯތަމް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ހަޤް" މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ސުޕަ ވަރުމާ ހަދާފައިވާ ފިލްމެކެވެ. އޭނަ އަކީ މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް 2023 ގެ "ދަ ޓްރަޔަލް" އަށް ފަހު އޭގެ ދެވަނަ ސީޒަން މި މަހުގެ 19 ގައި ދޫކޮށްލަން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރެވެ.
ސުޕަން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "އޭކް ކިލާޅީ އޭކް ހަސީނާ" އާއި "އެސިޑް ފެކްޓްރީ" ހިމެނެ އެވެ.
އޭނަގެ އާ ފިލްމު "ހަޤް" އަކީ ތިންފަށްވަރިއާ ގުޅޭ ގޮތުން އިންޑިއާގައި މީގެ 40 އަހަރު ކުރިން ކުރިއަށް ގެންދިޔަ މަޝްހޫރު ކޯޓް ކޭހަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މީގައި ޔާމީ ކުޅެފައި ވަނީ ތިންފަށް ވަރީގެ މައްސަލައިގައި 1985 ގައި ސުޕްރީމް ކޯޓަށް މައްސަލަ ވެެއްދި ޝާހް ބާނޯގެ ރޯލެވެ. އިމްރާން ކުޅެނީ އޭނަގެ ފިރިމީހާ އަހުމަދު ޚާންގެ ރޯލެވެ.
"ހަޤް' އަކީ ޖަނގްލީ ޕިކްޗާސް އިން ގެނެސްދޭ ފިލްމެކެވެ. މީޑިއާތަކުން ބުނީ ޕޯސްޓަރާއި ޓީޒާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.