Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ދަތުރަށް ފަހު ރައީސ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.

ރައީސް މުއިއްޒު ގަތަރަށް ވަޑައިގެންނެވީ އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިޒްރޭލުން މި މަހުގެ ނުވަ ވަނަ ދުވަހު ގަތަރުގެ ދޯހާ އަށް ދިން ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ. އަދި ޔަހޫދީ އިޒްރޭލުން މަސައްކަތް ކުރަނީ ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ސަރަހައްދީ ހަމަޖެހުމަށް ލޮޅުން އެރުވުމަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ގަތަރަށް ކުރެއްވި ދަތުރުގައި ވަނީ އެ ގައުމުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލު ކުރެއްވި އެވެ.