Last Updated: July 7, 11:48
Tuesday, July 7, 2026
ޚަބަރު

މީޑިއާ ބިލާ ދެކޮޅަށް އިހުތިޖާޖުކުރި ނޫސްވެރިޔަކު ހައްޔަރުކޮށްފި

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" އާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.

މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން އަންނަނީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.

ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، މީޑިއާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިޔާ އަދި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ މެންބަރު ލީވާން އަލީ ނާސިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އަދަދު ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ލީވާން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.