ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެމްޕަހެއް ހއ، އިހަވަންދޫގައި ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން އިއްޔެ ހަދާފައި ވަނީ އެ ރަށު ކައުންސިލާއު އެމްއެންޔޫއާ ދެމެދު އެވެ.
އެެއްބަސްވުމުގައި ޔުނިވަސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހް އެވެ.
މިއި އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.