Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

'އަލިފާން' ގެ ޓްރެއިލާ ދައްކާލައިފި

ޑާކް ރެއިން އެންޓަޓައިންމަޓުން އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "އަލިފާން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ކްރައިމް އެކްޝަން ތުރިލާ އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސްޓޫޑިއޯ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ހަމައެކަނި ފީޗާ ފިލްމެވެ.

"އަލިފާން" އަކީ މި އަހަރު އޮލިމްޕަހަށް އަންނަ 5 ވަނަ ފިލްމެވެ.

އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމަކީ މީގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"އަލިފާން" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް، އައިމިނަތު ޝުހާ އަދި އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) ހިމެނެ އެވެ.

މި ފިލްމު އޮލިމްޕަހުގައި މިރޭ ޕްރީމިއާ ކުރާނީ އަންނަ މަހުގެ 6 ގަ އެެވެ.

ސިނަމާގައި މިހާރު އޮތީ މިދިޔަ މަހުގެ 31 އިން ފެށިގެން ދައްކަމުން އަންނަ ޑައިރެކްޓަރު ހުސައިން މުނައްވަރުގެ "ކަނބުލޮ" އެވެ.