Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

'އައްޑޫ ބެޑްމިންޓަން ފިއެސްޓާ' އަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލުން ބާއްވަން ނިންމި "ބެޑްމިންޓަން ފިއެސްޓާ" ގައި ބައިވެރިވާން ހުޅުވާލައިިފި އެވެ.

ކައުންސިލުން ބުނީ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ގައި ހިތަދޫ ޔޫތު ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ކަމަށެެވެ.

އެހެންވެ މި މުބާރާތުގެ އޯޕަންސް އަދި ޓީމް އިވެންޓަށް ރެޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު މި ނަންބަރު 7925003 އިން ހޯދޭނެ އެވެ.

ކައުންސިލުން ބުނީ "އައްޑޫ ބެޑްމިންޓަން ފިއެސްޓާ" އަކީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އައްޑޫގައި ބެޓްމިންޓަން ފިއެސްޓާއެެއް ބާއްވަން ނިންމިކަން ކައުންސިލުން އިއުލާންކުރީ މިދިޔަ މަހުގެ 13 ގަ އެވެ.