ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ފިހާރަ ކަމަށްވާ ޗައިނާގެ އަލީބާބާއާ އެކު ބޭއްވި ވެބިނާ އަކީ ރާއްޖޭގެ ކުދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ މައިދާނަށް ނުކުތުމަށް ބޮޑު އެހީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އަލިބާބާގެ ތަކުތިބާކާރުންނާ އެކު ވެބިނާ އިއްުޔެ ބޭއްވީ ބާސެލޯ ނަސަންދުރާގަ އެވެ.
ސަޢީދު ވިދާޅުވީ މިއީ ރާއްޖެ އަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، ފެށިގެން ދިޔައީ ދިވެހި އުފެއްދުންތައް ހުރިހާ ކަނޑެއް ހުރަސްކޮށް، ހުރިހާ ބައްތަކަށް ގެންދެވޭނެ ޑިޖިޓަލް ބުރިޖުތަކެއް ކަމަށެވެ. އަދި މިއީ އަލީބާބާގެ ބޮޑު އޯޑިއެންސާއެކު ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީ (އެފްޓީއޭ) ގެ އެއްބަސްވުން ބޭނުންކޮށްގެން ދިވެހި ވިޔފާރިތަކަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
'ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް؛ އަންލޮކިން އީ-ކޮމާސް ވިތު އަލީބާބާ" ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ބޭއްވި ވެބިނާގައި އަލީބާބާގެ އިކޯސިސްޓަމާއި ދުނިޔޭގެ ބާޒާރުގައި ބައިވެރިވުން ހަރުދަނާކު ރުމުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މިއީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވެމުން އަންނަ އީ-ކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެ ގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަށް ފަހިކޮށް ދިނުމުގެ ގޮތުން ބޭއްވި ވެބިނާއެކެވެ.
ވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގު ޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.